Friday, October 16
ނަތަންޔާހޫގެ އިންޒާރާއެކުވެސް ޓްރަމްޕްގެ ޣައްޒާ ޕްލޭން ކުރިއަށްދަނީ

ހަމާސް ޖަމާޢަތުގެ ބެލެހެއްޓުމުގެ ދަށުގައިހުރި ހުރިހާ ހަތިޔާރެއް އަތުލުމާ ހަމައަށް ފަހަތަށް ނުޖެހޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލަން ގަސްތުކުރާ ޣައްޒާ ޕްލޭންގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް ބޯޑް އޮފް ޕީސްގެ އޮފިޝަލަކު ހާމަކުރައްވައިފިއެވެ.

މި ޕްލޭނާ ގުޅޭގޮތުން އިސްރާއީލާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކޮންމެ މަރުހަލާއެއްވެސް ކުރިއަށްދާނީ ބިމުގެ އަމަލީ ހާލަތަށް ބެލުމަށްފަހު ކަމަށް އެ އޮފިޝަލު ރޮއިޓާސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ވޭތުވެދިޔަ މަހު ރައީސް ޓްރަމްޕް އިއުލާންކުރެއްވި މި ޕްލޭނަކީ އިސްރާއީލުގެ ސިފައިން ފަހަތަށް ޖެހުމާއި، ހަމާސްގެ ސިލާހު އަތުލުމުގެ އިތުރުން ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ގާއިމްކުރެވޭ ފަލަސްތީނުގެ އާ ޕޮލިސް ފޯސްއަކުން ސަރަހައްދީ ރައްކާތެރިކަން ބެލެހެއްޓުމެވެ.

މިކަމާ ގުޅިގެން އިސްރާއީލުން ބުނެފައިވަނީ އަމަލީގޮތުން ކަންކަން ފުރިހަމަވުމުގެ ކުރިން ހަމައެކަނި އިތުބާރަކަށްޓަކައި އަނބުރާ ނުނެގޭނެ ފަދަ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު