ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފިއެވެ.
މި މަހުގެ 10 ވަނަ ދުވަހު ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އެ ރަށު ފެހިވިލާގޭ މުޙައްމަދު ފާރިޤު (28 އ) ގެ މައްޗަށެވެ.
Advertisement
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
ފުލުހުން ބުނީ މި މައްސަލަ އެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2020 ނޮވެމްބަރު 24 ވަނަ ދުވަހު ކަމަށާއި، މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ޖަނަވަރީ 6 ވަނަ ދުވަހު ކަމަށެވެ.



