Friday, October 16
އާސަންދައިގެ ހަރަދު ކުޑަކުރަން ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ހިންގަނީ: ވަޒީރު ގީލާ
އާސަންދައިން ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށް ސިއްހީ ވަޒީރު ގީލާ އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރަށް މީހުން ފަރުވާ ހޯދަންދާ ބަލިތަކަށް ރާއްޖެއިން ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ދިނުމާއި، ކެތް ލެބުގެ ހިދުމަތް އަދި އެމްއާރްއައި މެޝިންތައް ގާއިމުކުރުމުގެ މަޝްރޫއުތައް ރޭވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން އެފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށާއި، މި މަޝްރޫއުތަކަށް ބޭނުންވާ ފައިސާއާއި އިންސާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކާއެކު ކުރިއަށްދާ ކަމަށް ގީލާ ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އަދަދު ގިނައެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ކެންސަރުގެ ފަރުވާއަށް 483 މީހުން އަދި އެހެނިހެން ބަލިތަކުގައި 821 މީހުން އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ގޮސްފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު