Friday, October 16
ފާމަސިސްޓުން ތަމްރީނުކުރުމަށް ސްޓޭޓް ފާމާއާއި ވިލާ ކޮލެޖާ ދެމެދު މަޝްވަރާކޮށްފި
ރާއްޖޭގައި ފާމަސިސްޓުން ތަމްރީނުކުރުމާއި، އެ ދާއިރާއިން ކިޔަވާ ޒުވާނުންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން ސްޓޭޓް ފާމަސޫޓިކަލްސްއާއި ވިލާ ކޮލެޖާ ދެމެދު މަޝްވަރާކޮށްފިއެވެ.

ސްޓޭޓް ފާމާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ފާމަސީ ދާއިރާއިން ދަސްވެނިވާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، މިހާރު މަސައްކަތްކުރާ ފަރާތްތަކަށް ރިފްރެޝާ ކޯސްތައް ހިންގުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ ވާހަކަދައްކާފައެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ ގެ ފެކަލްޓީ އޮފް ހެލްތް ސައިންސާއެކުވެސް މިފަދަ މަޝްވަރާތަކެއް ބާއްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ކުރަމުންދާއިރު، މިދިޔަ މަހު އެކަނިވެސް 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

މީގެ އިތުރުން، އެ ކުންފުނީގެ ފާމަސީތަކުން ލިބެން ހުންނަ ބޭސްތަކުގެ މައުލޫމާތާއި، އެ ބޭސްތައް ލިބޭނެ ފާމަސީތައް ފަސޭހައިން ބަލާލެވޭނެ ހާއްސަ ޕޯޓަލެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސްޓޭޓް ފާމާއިން އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު