Friday, October 16
ނޫސްވެރިޔާ ސާއިދުގެ ހާލު ދެރަވެ އައިސީޔޫގައި
ޕީއެސްއެމްގެ ކުޅިވަރު ޓީމުގައި މަސައްކަތްކުރާ މަޝްހޫރު ނޫސްވެރިޔާ ސާއިދު އަހުމަދުގެ ހާލު ވަރަށް ބޮޑަށް ދެރަވުމާ ގުޅިގެން، އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި، ސާއިދުގެ ހާލު ކުއްލިއަކަށް ދެރަވީ އާދައިގެ މަތިން ޑައިލިސިސް ހެދުމަށް ހޮސްޕިޓަލަށް ދިޔަ ވަގުތުގައެވެ. ދެ ކިޑްނީ ފެއިލްވެފައިވާ ސާއިދު، މިދުވަސްވަރު އަންނަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ތައްޔާރުވަމުންނެވެ. މިއޮޕަރޭޝަނަށް ބޭނުންވާ ޑޯނަރެއްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއްގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން، 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން އެކަމަށް ފަރުވާ ހޯދާފައެވެ.

މީގެ އިތުރުން، ސާއިދަކީ 2009 ވަނަ އަހަރު ސަން އެފްއެމްއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެ، 2015 ވަނަ އަހަރުން ފެށިގެން ޕީއެސްއެމްގައި ހިދުމަތްކުރަމުން އަންނަ ތަޖުރިބާކާރު ނޫސްވެރިއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު