ނ. ހޮޅުދޫގެ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމުމާއެކު ޓެސްޓްކޮށް ކޮމިޝަން ކުރެވިފައިވާ ކަމަށާއި، ކޮމިޝަން ކުރުމުގެ މަސައްކަތުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންނާއި، ކޮންޓްރެކްޓަރ، ފެނަކަ ކޯޕަރޭޝަނުން އަދި ކައުންސިލުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް، 60 ޓަނުގެ 2 އާރްއޯ ޕްލާންޓް، 25 ޓަނުގެ ވާރޭ ފެން ޕްލާންޓް، 350 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކް އަދި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކް ޤާއިމުކޮށްފައިވެއެވެ.
ދެން ކުރިއަށްދަނީ، މި ނިޒާމު އޮޕަރޭޓްކުރުމުގެ ގޮތުން އޮޕަރޭޓަރާއި ހަވާލުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކަމަށް މިނިސްޓްރީން ބުނެެއެވެ.



