Friday, October 16
އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ: ހަތަރު އަތޮޅަކުން އެނިއުމަރޭޓަރުން ހޯދަނީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން މިއަހަރު ފެށުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026" ގެ ތިންވަނަ ބުރުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅު، ބ. އަތޮޅު، އދ. އަތޮޅު އަދި ގދ. އަތޮޅުގައެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ގޭބިސީތަކުގެ އެވަރެޖް އާމްދަނީ އާއި ޚަރަދު ހުންނަގޮތް ދެނެގަތުމާއި، ފަޤީރުކަމުގެ މިންގަނޑުތަކާއި އިޤްތިސާދީ އެހެނިހެން މިންގަނޑުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމެވެ.

މި ސަރވޭގެ ތަމްރީނުތައް ސެޕްޓެމްބަރު 13 އިން 17 އަށް ކުރިއަށްދާއިރު، އަމަލީ ގޮތުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސެޕްޓެމްބަރު 19 އިން 27 އަށެވެ. ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، އދ. މާމިގިލި އަދި ގދ. ތިނަދޫގައެވެ.

އަތޮޅުތަކުން ބޭނުންވާ މީހުންގެ އަދަދު:

  • ހދ. އަތޮޅު: ޖުމްލަ 60 އެނިއުމަރޭޓަރުން (އެންމެ ގިނައީ ކުޅުދުއްފުށިން، 30 މީހުން)
  • ބ. އަތޮޅު: ޖުމްލަ 12 އެނިއުމަރޭޓަރުން
  • އދ. އަތޮޅު: ޖުމްލަ 16 އެނިއުމަރޭޓަރުން
  • ގދ. އަތޮޅު: ޖުމްލަ 36 އެނިއުމަރޭޓަރުން (އެންމެ ގިނައީ ތިނަދޫން، 14 މީހުން)

މި މަސައްކަތުގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރު ހުރި، އުމުރުން 17 އަހަރާއި 45 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ ކުރިން ބޯހިމެނުން ފަދަ ސަރވޭތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ތަމްރީނު ކޮންމެ ދުވަހަކަށް 150 ރުފިޔާ، ފީލްޑް މަސައްކަތުގެ ކޮންމެ ދުވަހަކަށް 500 ރުފިޔާ، އަދި ކެއުމުގެ އެލަވަންސްގެ ގޮތުގައި ދުވާލަކު 300 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ފޯނު އެލަވަންސް ލިބޭއިރު، ރަށުން ބޭރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމުގެ އިންތިޒާމް ބިއުރޯއިން ހަމަޖައްސައިދޭނެއެވެ.

މި ސަރވޭގައި ބައިވެރިވާން އެދޭ ފަރާތްތަކުން 3 ސެޕްޓެމްބަރު 2026 ގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު