ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނ. މާޅެންދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތަރައްޤީކުރި މި ޕާކު ހުޅުވުމަށް އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު އިފްތިތާޙު ކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިންއާއި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދުގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޞާލިޙެވެ.
މިއީ ސަރުކާރުން ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއް ބިނާކޮށްދިނުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ޕާކު ހުޅުވުމުގެ ހަފްލާގައި މާޅެންދޫ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވިއެވެ.
ފެނަކައިން ބުނީ މިފަދަ މުނިފޫހިފިލުވުމުގެ މަރުކަޒުތަކަކީ ރަށްރަށުގެ އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށާއި، އާއިލާތަކުން ހަވީރުގެ ވަގުތުތަކުގައި އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ވަސީލަތްތައް ގާއިމްކުރުމަކީ ސަރުކާރު އަމާޒެއް ކަމަށެވެ.



