އާދިއްތަ, November 8
ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ހާމަކުރި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވަނީ ޖުމުލަ 800 ވޭޕް ކާޓްރިޖެވެ. މި ތަކެތި އަތުލައިގެންފައިވަނީ މި އޮގަސްޓު މަހުގެ 3 ވަނަ ދުވަހުއެވެ. ސަރުކާރުން ނިންމާފައިވަނީ ނޮވެމްބަރު 15، 2024 އިން ފެށިގެން ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށެވެ. މި ނިންމުމާ ގުޅިގެން ކަސްޓަމްސްއިން އަންނަނީ ރާއްޖެއަށް އެތެރެކުރާ މުދާ އިތުރަށް ހަރުދަނާކޮށް ބަލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު