ބޭންކް އޮފް މޯލްޑިވްސް ގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޑޮލަރުން އިންވެސްޓް ކުރެވޭ ސްކީމްގެ ފައިދާއާއި އިންވެސްޓްކުރި އަދަދު މިހާރު ޑޮލަރުން ޖަމާކޮށްދޭން ފަށައިފިއެވެ.
މިދިޔަ ޖޫން 30 ގައި ތައާރަފުކުރި މި ޚިދުމަތުގައި 25 ޕަސަންޓާ ހަމައަށް ފައިދާ ލިބޭ އެކި އިންވެސްޓްމެންޓް ޕޫލްތައް ހިމެނެއެވެ. ކުރިން މި ސްކީމްގެ ދަށުން އިންވެސްޓްކުރާ އަދަދާއި އޭގެ ފައިދާ ދިވެހި ރުފިޔާއިން އެކައުންޓަށް ޖަމާވި ނަމަވެސް، ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މިހާރު އިންވެސްޓްކުރާ އަދަދާއި ލިބޭ ނަފާ އެކައުންޓަށް ޖަމާވާނީ ސީދާ ޑޮލަރުން ކަމަށެވެ.
ނަމަވެސް، އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖް ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ބޭންކުން ވަނީ ހާމަކޮށްފައެވެ.



