ކ. ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ދަގަނޑު ބާޖެއް އޮޔާދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ބާޖު އޮޔާދަނީ ކ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް މިސްރާބުޖަހައިގެންނެވެ. އަދި އޮޔާދާ އިރު އެ ބާޖުގައި އެއްވެސް އަލިކަމެއް ނެތްކަން އެމްއެންޑީއެފުން ވަނީ ފާހަގަކުރައްވާފައެވެ.
Advertisement
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާއިރު އިތުރަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.



