ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލޭގައި މޯޑިވްސް ޕޮލީސް ސާވިސް ހިންގި އޮޕަރޭޝަނެއްގައި ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2026 ޖުލައި 28 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަމްނޫރް ރަހްމާން (27އ) އާއި އިންޑިއާގެ ރައްޔިތެއް ކަމަށްވާ އޮމެތަރަން ކަންދަސަމީ (26އ) އެވެ.
މި ދެ މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުންނާ ގުޅުންހުރި މާލޭގެ ތިން ތަނެއް ބަލައިފާސްކުރިއިރު 133 ފުޅި ބަނގުރާ ވަނީ ފެނިފައެވެ. މީގެއިތުރުން އެ މީހުން ދުއްވި ސައިކަލުވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.
މި މައްސަލައިގެ އިޖުރާއީ ކަންކަން ފުރިހަމަކުރުމަށްފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށްޓަކައި އެ ދެ މީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.



