Saturday, October 31
އިހަވަންދޫއަށް 1.2 މެގަވޮޓްގެ އައު ޖެންސެޓެއް ގެންގޮސްފި

ހއ. އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 1.2 މެގަވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިހަވަންދޫއަށް ބާލާފައިވާ މި ޖެންސެޓް އިންސްޓޯލްކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެހާ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މި އައު ޖެންސެޓާއެކު، އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެ، ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.

މިއީ ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފެނަކައިން މެދުނުކެނޑި ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ.

މި މަޝްރޫޢުގެ ސަބަބުން އިހަވަންދޫގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު