Saturday, October 31
ތިލަފުށީގައި ރޯވި ކުނިތައް ކުނބުރުދުއަށް ގެންދަން ވެމްކޯއިން ނިންމައިފި

ކ. ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާފައިވާ ކުނިތައް އދ. ކުނބުރުދޫގައި ހުންނަ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމައިފިއެވެ. ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވި ގޮތުގައި، އެ ކުނިތައް ކުނބުރުދުއަށް ގެންދިއުމުގެ މަސައްކަތް މާދަމާގެ ވަގުތެއްގައި ފެށިގެންދާނެއެވެ.

މިމަހުގެ 19 ވަނަ ދުވަހު ތިލަފުށީ ސައިޓުގައި ހިނގި މި އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 50 ޓަނުގެ ކުނި އަނދާފައިވާ ކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. އަލިފާން ނިއްވުމުގެ އޮޕަރޭޝަން ތިލަފުށި އަދި މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ގުޅިގެން ކުރިއަށްގެންގޮސްފައިވާއިރު، އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެހެން ކޮންޓްރޯލް ކުރެވުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ވެމްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، އެނދި ކުނިތައް މާދަމާއިން ނަގަން ފެށުމާއެކު، އެ ކުންފުނީގެ އާންމު އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު