އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިންޑަސްޓްރިއަލް ޒޯނާއި ކާނިވާ ސަރަހައްދަށެވެ. އެގޮތުން އިންޑަސްޓްރިއަލް ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ކާރާއި ސައިކަލު ފަދަ އުޅަނދުތަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ. މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މާލޭގެ މަގުތަކަށް އުދަ އަރައި، ފެން ބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/vYxP9XTz29
Advertisement— Maldives National Defence Force (@MNDF_Official) July 26, 2026
މޫސުމާ ބެހޭ ޤައުމީ އިދާރާއިންވެސް ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް މިރޭ ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ މި ސަރަހައްދުތަކަށް އުދައެރުން އެކަށީގެންވާކަމަށާއި، މި އެލާޓް ނެރެފައިވަނީ މިރޭ 22:00 އިން ފެށިގެން ދަންވަރު 02:30 އާ ހަމައަށެވެ.
ހުޅަނގު މޫސުމުގެ ދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މާލޭގެ އިންޑަސްޓްރިއަލް ޒޯނާއި، ކާނިވާ، އާޓިފިޝަލް ބީޗް އަދި ރާޅުގަނޑު ސަރަހައްދަށް އުދައެރުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.



