Saturday, October 31
ކާރިސާތަކުން ރައްކާތެރިވުމާއި ހާދިސާތަކަށް އިޖާބަދިނުމުގެ ނިޒާމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކާރިސާތަކުން ރައްކާތެރިވުމާއި، ހާދިސާތަކަށް އިޖާބަދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީގެ ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އައްޑޫ ސިޓީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓްކުރުމަށް މިހާރު ބޭނުންކުރަމުންދާ "ޑިޖިޓަލް ޑާލާ" ޕޯޓަލްއަށް މުއައްސަސާތައް އަހުލުވެރިކުރުވުމަށެވެ. މީގެ އިތުރުން، މި ނިޒާމު ބޭނުންކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ކުރެވުނު މުހިންމު އެއް މަސައްކަތަކީ، ކާރިސާތަކަށް އިޖާބަދިނުމުގައި މުއައްސަސާތަކަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުމެވެ. އަދި އައްޑޫ ސިޓީގެ ކާރިސާތަކާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޕްލޭން، އެން.ޑީ.އެމް.އޭގެ ފަންނީ އެހީތެރިކަމާއެކު މުރާޖައާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލާއި އެން.ޑީ.އެމް.އޭގެ އިތުރުން، އެ ސިޓީގައި ހަރަކާތްތެރިވާ މުހިންމު މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެމް.އެން.ޑީ.އެފް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ފެނަކަ ކޯޕަރޭޝަން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު