Saturday, October 31
ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ %98 ނިމިއްޖެ
ހއ. ދިއްދޫގައި އިމާރާތް ކުރަމުންދާ 75 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ނިމުމަކާ ގާތްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި ދިއްދޫގައި އަޅަމުންދާ ހައުސިންގް ޔުނިޓްގެ 98.55 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އެހެންކަމުން މިހާރު ކުރިއަށް ދަނީ ރޯ ހައުސްތަކުގެ ބަދިގެއާއި ފާޚާނާ ނިންމުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި 75 ހައުސިންގ ޔުނިޓަށް ހެދުމަށް 120 މިލިއަން ރުފިޔާއަށް ޙަވާލު ކޮށްފައި ވަނީ އެސް ޖޭ ކޮންސްޓްރަކްޝަނާއިއެވެ. މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު