އާދިއްތަ, November 8
ށ. ފޭދޫ ސްކޫލްގެ ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް ފެނަކައިން ފަށައިފި

ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން، ށ. ފޭދޫ ސްކޫލްގެ ކްލާސްރޫމްތަކުގައި އެއަރކޮންޑިޝަން (އޭސީ) ހަރުކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ފެނަކައިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި މަޝްރޫޢަކީ ރާއްޖޭގެ ސްކޫލްތަކުގެ ކްލާސްރޫމްތަކަކީ ދަރިވަރުންނަށް އުނގެނުމަށް ފަހި، ފިނި މާހައުލަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ. މިގޮތުން ފޭދޫ ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ބާރުމިނުގައި ކުރިއަށް އެބަގެންދެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް ކުރިމަތިވަމުންދާ އާދަޔާޚިލާފު ހޫނުގަދަ ދުވަސްވަރުގައި، ސްކޫލްތަކުގައި ކިޔަވައިދޭ މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ފަސޭހަ އަދި އަރާމު ތަނަކަށް ހެދުމެވެ. ފޭދޫ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނިމުމުން، ހޫނުގަދަވުމުގެ ސަބަބުން ކިޔަވައިދިނުމަށާއި އުނގެނުމަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު