Saturday, November 7
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް 2026 ސެޕްޓެންބަރު 13 ވަނަ ދުވަހު މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ވީމާ، މާލޭގައި ބާއްވާ މި މަހާސިންތާގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ޒުވާން ޚަޠީބުންނާއި، އަދި މިހާރުވެސް އިމާމުކަމާއި ޚަޠީބްކަން ކުރައްވާ ފަރާތްތަކުންނާއި އަދި ދިވެހި ޙާފިޡުން މި ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަހާސިންތާގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޒުވާން ޚަތީބުންގެ ޓްރޭނިންގ ނިންމައި ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި، ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްފައިވާ ފަރާތަކަށްވުން އަދި މިހާރުވެސް އިމާމުކަމުކަން އަދި ޚަޠީބުކަން ކުރައްވާ 30 އަހަރު ނުފުރޭ ފަރާތަކަށްވުން ހިމެނެއެވެ.

މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު