Saturday, November 7
ހިތަދޫ ފަޅުގޯއްޗެއް ތެރޭގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާން ނިއްވާލައިފި

އައްޑޫ ސިޓީ ހިތަދޫ، ސަހަރާ މިސްކިތް ކުރިމަތީ ހުންނަ ފަޅުގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 02:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި، އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު 04:21 ހާއިރު ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު