Wednesday, October 21
ޕާޓީ ބަދަލުވުމުން ތިނަދޫ ކައުންސިލް ރައީސްގެ މަގާމު ގެއްލިއްޖެ
ޕާޓީ ބަދަލުކުރުމުގެ މައްސަލައެއްގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އިން ކަނޑައަޅައިފިއެވެ.

އެލްޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ދަ ޑިމޮކްރެޓްސް ގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވި ޝުޖާއު، ދައުރު ފެށުނު ފަހުން މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު، އެ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަގާމު ގެއްލޭނެއެވެ. އެހެންކަމުން، ޝުޖާއުގެ ގޮނޑި ހުސްވެފައިވާކަން އީސީއަށް އެންގުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ވަކި ގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ޝުޖާއު ހުރީ ސަސްޕެންޝްގައެވެ. އަދި އޭނާ ސަސްޕެންޑް ކުރުމާ ގުޅިގެން ކައުންސިލް ހިންގުން މިހާރު އޮތީ ނައިބު ރައީސާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު