މި ނިންމުމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ ކަމަށް ބެލެވުނު ނަމަވެސް، ރާއްޖެއަށް މިހާރު މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާއެއް ނުހިމެނެއެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ޕެޓްރޯލާއި ޑީސަލް އެތެރެކުރަނީ އޮމާން، މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ފަދަ ޤައުމުތަކުންނެވެ. އެހެންނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ރާއްޖެއިން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން މީގެ ކުރިން މަޝްވަރާކޮށްފައިވެއެވެ. އެހެންކަމުން އިންޑިއާގެ މި ނިންމުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އެ ޤައުމުން ތެޔޮ އެތެރެކުރަން ބޭނުންވެއްޖެ ހާލަތެއްގައި އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ.
މެދުއިރުމަތީގައި ފެބްރުވަރީ މަހުގެ 28 ގައި ފެށުނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. އަދި ފާއިތުވި މަސްތަކުގައި ރާއްޖޭގެ ބާޒާރުގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.






