Saturday, October 31
ދިހަ ގުނަ އިތުރުކޮށް މިއަހަރު ރާއްޖެއިން 50،000 ޑޮލަރުގެ އެހީ ފަލަސްތީނަށް ދޭން ނިންމައިފި

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ، ޔޫއެންއާރުޑަބްލިޔުއޭ އަށް ދިވެހިރާއްޖޭގެ ފަރާތުން އަހަރަކު ދޭ އެހީ 50،000 އެމެރިކާ ޑޮލަރަށް އިތުރުކޮށް، އެ ފައިސާ ދިނުމަށް ރާއްޖެއިން ވައުދުވެއްޖެއެވެ.

މިކަން ރަސްމީކޮށް އިއުލާނު ކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު، ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.

އދ. ގެ މައި މަރުކަޒުގައި ބޭއްވުނު ޔޫއެންއާރުޑަބްލިޔުއޭ އަށް އެހީވުމާ ބެހޭ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސަފީރު އަލީ ނަސީރު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ކަށަވަރުކޮށްދިނުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި ހާއްސަކޮށް މި ދަނޑިވަޅުގައި، އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތް ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

"ޔޫއެންއާރުޑަބްލިޔުއޭ އަކީ ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ ރެފިއުޖީންގެ ހަމައެކަނި ސަލާމަތްތެރިކަން. އެ އެޖެންސީގެ މަސައްކަތްތަކަށް ހުރަސްއެޅުމެއް ނެތި، އެޖެންސީގެ މެންޑޭޓް ހިމާޔަތްކޮށް ބާރުވެރިކުރުވަންޖެހޭ." ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވިއެވެ.

މީގެ ކުރިން ދިވެހިރާއްޖެއިން މި ފަންޑަށް އަހަރަކު ދެމުން އައީ 5،000 އެމެރިކާ ޑޮލަރެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރާއްޖެއިން ދޭ އަހަރީ އެހީ މިވަނީ ދިހަ ގުނަ އިތުރުކޮށްފައެވެ.

މީގެ އިތުރުން، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިދިޔަ ދުވަސްތަކުގައި ބޭއްވި "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯންގެ ޒަރީއާއިން ދިވެހި ރައްޔިތުން ހަދިޔާކުރި 1.2 މިލިއަނަށްވުރެ ގިނަ ޑޮލަރު ވެސް ޔޫއެންއާރުޑަބްލިޔުއޭ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ޔޫއެންއާރުޑަބްލިޔުއޭ އަށް މާލީ އަދި ސިޔާސީ ގޮތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދިނުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ސަފީރުގެ ބަޔާނުގައި އަލުން ތަކުރާރު ކުރެއްވިއެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު