Saturday, November 7
ދަރިންނަށް ޚަރަދު ނުކުރާ މީހެއްގެ ވަނަވަރު ރަސްދޫ ކޯޓުން ޝާއިޢުކޮށްފި

ދަރިންނަށް ދޭންޖެހޭ ސާބިތު ޚަރަދު ގަވާއިދުން ނުދައްކާ މީހެއްގެ މަޢުލޫމާތު، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކޮށްފިއެވެ.

މިކަމާ ގުޅިގެން ރަސްދޫ ކޯޓުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިއީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

ކޯޓުން ވަނަވަރު އާންމުކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު (އައިޑީކާޑު ނަންބަރު: A029996) އެވެ.

ރަސްދޫ ކޯޓުން ކުރި އިޢުލާނުގައިވާ ގޮތުން، ޙަބީބަކީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެކެވެ. މި މައްސަލައަކީ އެ ކޯޓަށް ހުށަހެޅިފައިވާ ނަންބަރު 24/U2C/2025 ޤަޟިއްޔާއާ ގުޅިގެން ހިނގަމުންދާ މައްސަލައެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު