ބަންގްލަދޭޝްގެ ޑެންގީގެ ތާރީޚަށް ބަލާއިރު، 2023 ވަނަ އަހަރު 321,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 1,705 މީހުން މަރުވިއިރު، 2024 ވަނަ އަހަރު 101,214 މީހުންނަށް ބަލިޖެހި 575 މީހުން މަރުވެފައިވެއެވެ. އަދި މިދިޔަ 2025 ވަނަ އަހަރު 102,861 މީހުންނަށް ބަލިޖެހި 413 މީހުން ވަނީ މަރުވެފައެވެ. ޑެންގީގެ އިތުރުން، ފާއިތުވި ދަހަރެއްގެ ތެރޭގައި ނުފެތުރޭ މިންވަރަށް ބަންގްލަދޭޝްގައި މިހާރު ދަނީ ހިމަބިހިވެސް ފެތުރެމުންނެވެ. އެގޮތުން މިދިޔަ މާޗް މަހުގެ މެދުތެރެއިން ފެށިގެން ހިމަބިހި ޖެހިގެން 10,000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، 700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބޯކޮށް ވާރޭވެހުމާއި ފިނިހޫނުމިން މަތިވުމުގެ ސަބަބުން ބަލިތައް ފެތުރުން ހަލުވިވެފައިވާއިރު، މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން ބަންގްލަދޭޝްގެ ބަލިކަށި ސިއްޙީ ނިޒާމަށް ވަނީ ނުތަކާވަރަށް ބާރުބޮޑުވެފައެވެ.






