އާދިއްތަ, November 8
"ނޭޝަނަލް ބޯޓިންގ އެވޯޑްސް 2026" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން "ނޭޝަނަލް ބޯޓިންގ އެވޯޑްސް 2026" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ބޯޓިންގ ސިނާއަތުގެ ކުރިއެރުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކާއި، ވިޔަފާރިތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

އެންބީއޭއެމް އިން ހާމަކުރި ގޮތުގައި، މި އެވޯޑުގެ މައިގަނޑު މަގުސަދަކީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ފަންނީ ގާބިލުކަން ކުރިއަރުވައި، ސިނާއަތުގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވިކަން އަދި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، ދިވެހި ބޯޓިންގ ސިނާއަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 އޮކްޓޫބަރު 2026 އެވެ. އެވޯޑަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް ބޯޓިންގ އެވޯޑްސްގެ ރަސްމީ ވެބްސައިޓް www.boatingawards.mv މެދުވެރިކޮށް ނަން ހުށަހެޅޭނެއެވެ.

ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ވަޒަންކުރާނީ މިނިވަން ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރާނީ 2026 ވަނަ އަހަރު ބާއްވާ "ނޭޝަނަލް ބޯޓިންގ އެވޯޑްސް" ގެ ޚާއްސަ ހަފުލާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު