އާދިއްތަ, November 8
އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ރަސްމީކޮށް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފި

އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ރަސްމީކޮށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށްފިއެވެ.

ސްޓޭޓްފާމާ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 1 ޖުލައި 2026 އިން ފެށިގެން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯއިން ހިންގަމުންއައި ފާމަސީތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށް، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަދި އެ ކުންފުނިން ވަނީ ރައްޔިތުން އެ ކުންފުންޏަށް ކުރައްވާ އިތުބާރަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން ސްޓޭޓްފާމާ އިން ބުނީ އެ ކުންފުނީގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖޭގައި ބޭހުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ، މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުކަމާއެކު ދެމިތިބުން ކަމަށެވެ.

" މިފަދަ ޤައުމީ މުހިންމު ޒިންމާއަކާ ޙަވާލުވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. މި ގެނެވޭ ބަދަލުތައް ތަންފީޛުކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެން"، ސްޓޭޓްފާމާ އިން ބުނެފައިވެއެވެ.

އަދި ކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ސްޓޭޓްފާމާ އިން ބުނީ އެ ކުންފުނީގެ އެންމެ އިސް މަޤްޞަދަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފެންވަރު ރަނގަޅު، ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު