Wednesday, October 21
ބީއެމްއެލްގެ އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، 2026 ވަނަ އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު މި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ގުރުއަތުން ހޮވޭ ފަރާތަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ ފޯމިއުލާ 1 ސިންގަޕޯ އެއާލައިންސް އިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާއެކު އެމެކްސް ސްކައި ސޫޓް 2 ޓިކެޓާއި، ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓް އަދި އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަނެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު