އާދިއްތަ, November 8
ވަޒީރު އަލީ ޝަރީފް، އ.ދ ގެ ތިމާވެށްޓާއި ތަރައްގީއާ ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުން ޗެއާރ ކުރައްވައިފި

ބެންގްކޮކުގައި އ.ދ ގެ ތިމާވެއްޓާއި ތަރައްގީއާއި ބެހޭ ކޮމިޓީގެ 9 ވަނަ ބައްދަލުވުން މޫސުމާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ޗެއާރ ކުރައްވައިފިއެވެ.

މި ކޮމިޓީއަކީ އޭޝިއާ ސަރަހައްދުގެ ތިމާވެށްޓާއި ތަރައްގީއާ ގުޅޭގޮތުން ގައުމުތަކުގެ ސަރުކާރާއި މިނިސްޓަރުން ބައްދަލުވެ މަޝްވަރާކުރައްވާ މައިގަނޑު އެއް ފޯރަމެކެވެ.

މި ބައްދަލުވުމުގައި ދުނިޔޭގައި ދިމާވާ ހޫނުގަދަވުމާއި، ވައިގެ ނުސާފުކަން ބޮޑުވުމާއި، ދިރޭތަކެތީގެ ނަސްލަށް ނޭދެވޭ އަސަރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ތަކާއި އަދިވެސް އެހެނިހެން ތިމާވެއްޓާއި ތަރައްގީއާއި ގުޅޭގޮތުން ބައްދަލުކޮށް މަޝްވަރާކުރެއެވެ.

މި އަހަރު ބޭއްވޭ 9 ވަނަ ބައްދަލުވުމުގެ މައިގަނޑު މައުޟޫޢުތަކުގެ ތެރޭގައި ތިމާވެށްޓާއި ތަރައްޤީގެ ދާއިރާއިން ސަރަޙައްދީ ފެންވަރުގައި ކުރެވިފައިވާ މަސައްކަތްތައް ވަޒަންކުރުމާއި، ވައި ނުސާފުވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކާ ދެކޮޅަށް، ފެނުގެ ވަޞީލަތްތައް މެނޭޖްކުރުމުގައި ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން މިނިސްޓީރިއަލް ޑެކްލަރޭޝަނާއި ދެމެހެއްޓެނިވި ތަރައްޤީގެ ސަރަޙައްދީ މަޝްރޫޢު ފާސްކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު