Saturday, November 14
ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ސައުދީއާއެކު މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު، ސައުދީ އަރަބިއްޔާގެ ދިފާއީ މިނިސްޓަރު ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ރަސްމީ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އަސްކަރީ އަދި ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އޭގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަޝްރަހުގައި ހިނގަމުންދާ މުހިންމު ކަންތައްތަކަށް ބަލައި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ދެ ގައުމުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ހަސަން ރަޝީދު ވަނީ ސައުދީގެ އިސްލާމިކް މިލިޓަރީ ކައުންޓާ ޓަރަރިޒަމް ކޯލިޝަނުގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރު، މޭޖާ ޖެނަރަލް އަބްދުﷲ ބިން ހަމަދު އަލް ގުރޭޝީއާ ވެސް ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު