Saturday, October 31
ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ހިމާުޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާ ދެމެދު ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ތާރީހީ އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، މުޖުތަމައުގެ އެހީތެރިކަމާއެކު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި، އާދަކާދަތަކާއި، އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވަޒީރަށާއި އެކަމަނާގެ ވަފުދަށް މަރުހަބާ ދަންނަވައި، ގައުމުގެ ސަގާފީ އަދި ތާރީހީ ތަރިކަ ހިމާޔަތްކުރުމުގައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އަދި އަންނަން އޮތް ޖީލުތަކަށް ގައުމުގެ އަމިއްލަވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު