އީރާނުގެ ޝަރުތުތަކާއި 6 ބިލިއަންގެ މައްސަލަ
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި ގޮތުގައި، ދާދިފަހުން ދެގައުމުގެ މެދުގައި ސޮއިކުރެވުނު އެމްއޯޔޫ ގައިވާ މައިގަނޑު ކަންކަން އެމެރިކާއިން ފުރިހަމައަށް ތަންފީޒު ނުކުރަނީސް އެއްވެސް ކަހަލަ ފައިނަލް އެއްބަސްވުމެއްގެ ވާހަކައެއް ނުދެއްކޭނެއެވެ. އީރާނުން އެދޭ ކަންކަމުގެ ތެރޭގައި:
-
އެމެރިކާގެ ކަނޑުގެ ބްލޮކޭޑް (ހުރަސްތައް) ނައްތާލުން.
-
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން.
-
އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެމެރިކާއިން ދީފައިވާ ހުރަސްތައް ނައްތާލުން.
-
ގަތަރުގައި ހިފެހެއްޓިފައިވާ އީރާނުގެ 6 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކޮށްލުން.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ ގަތަރުގައި ހުރި އީރާނުގެ ޖުމްލަ 12 ބިލިއަން ޑޮލަރުގެ ތެރެއިން 6 ބިލިއަން ޑޮލަރު މިހާރު ދޫކޮށްލުމުގެ ގާނޫނީ މަރުހަލާ ހިނގަމުންދާ ކަމަށެވެ. އަދި އީރާނުގެ ވަފުދެއް ދޯހާއަށް ދަނީ ހަމައެކަނި މި ފައިސާގެ ކަންކަން ނިންމުމަށް ކަމަށާއި، އެމެރިކާއާއެކު ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އޯވަލް އޮފީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ ދޯހާގެ ބައްދަލުވުމުން ނަތީޖާއެއް ނުކުމެދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ އެންމެ ބޮޑު ރެޑްލައިނަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.






