Saturday, November 14
މީހެއްގެ އިނގިލި ބުރިކޮށްލި 3 މީހެއްގެ މައްޗަށް ކުށް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް!
ކަޓަރަކުން މީހެއްގެ ކުޑަވައި އިނގިލި ބުރިކޮށްލި ބިރުވެރި މައްސަލާގައި ހިމެނޭ ކުށްވެރިންގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވައިފިއެވެ.

މިއީ 2024 ޖޫން 23 ގައި މއ. ބަގުފަޑިއްގެ އުތުރުބައިގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ތެރޭގައި ހިނގި ހާދިސާއެކެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ފަސް މީހެއްގެ މައްޗަށެވެ. އެއީ ލ. ގަން ތުޑީ، ލިންކު އަހްމަދު ޒަޔާން އާއި، ތ. ތިމަރަފުށީ، އުތުރުގެއާގެ މުޙައްމަދު ނައުޝާން ހުސައިން އާއި، ރ. ކަނދޮޅުދޫ، މެހުރާ އަލީ ސާމީ އާއި، ކ. ކާށިދޫ، ފުލްމޫން މުޙައްމަދު ނަފާޙްގެ އިތުރުން ގދ. ގައްދޫ، ހުދުވެލި އަހްމަދު ސާއިފް ވަހީދުގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީއަތް ނިންމައި ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، އަހްމަދު ސާއިފް ވަހީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި މުޙައްމަދު ނައުޝާން ހުސައިންގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގިއިރު އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އުފުލި އަހްމަދު ޒަޔާންގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް އިއްވީ ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އަލީ ސާމީގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު