Monday, November 9
ބ. ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި

ބ. ތުޅާދޫގައި ސަރުކާރުން ކުރިއަށްގެންދާ ދެ ބުރީގެ ސަގާފީ މަރުކަޒެއް (ކަލްޗަރަލް ސެންޓަރ) ބިނާކުރުމުގެ މަޝްރޫއުގެ މުހިންމު މަރުހަލާއެއް ނިންމާލައި، މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އެމްޓީސީސީއިންބުނީ ސަގާފީ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ މައި އިމާރާތުގެ ފައުންޑޭޝަންގެ ފޫޓިންތަކަށް ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. މިއީ އިމާރާތުގެ އޮނިގަނޑު ވަރުގަދަކުރުމަށްޓަކައި އެންމެ މުހިންމު އެއް މަރުހަލާއެވެ.

މީގެ އިތުރުން، މަޝްރޫއުގެ ސައިޓުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، އިމާރާތުގެ ބިންގާ އިތުރަށް ހަރުދަނާކުރުމަށް އަޅާ ޓައި ބީމްތަކުގެ ދަގަނޑު ގަތުމުގެ މަސައްކަތްތައް ސައިޓުގައި ތިބި މުވައްޒަފުން މިވަގުތު އަންނަނީ ކުރަމުންނެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، 24.4 މިލިޔަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމާ ގޮތަށެވެ. ދެ ފަންގިފިލާއަަކަށް ތަރައްގީ ކުރާ އެ ސެންޓަރުގައި ކެފޭއެއް އަދި ހިތްފަސޭހަކޮށްލުމަށް ޖާގަވެސް ހުންނާނެއެވެ.

މި ޕްރޮޖެކްޓް އިތުރުން އެމްޓީސީސީއިން އަންނަނީ ތުޅާދޫގައި އިތުރު3 މަޝްރޫއެއް ހިންގަމުންނެވެ. އެއީ އެ ރަށުގެ އެއާޕޯޓް ތަރައްގީކުރުމަށް ބިންހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރުން ބ. ތުޅާދޫ އެއްގަމުތޮށި އަދި ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު