Saturday, November 14
ހުޅުމާލޭ ޖަލުގެ ތިން ޔުނިޓެއް ރިމާންޑް ޖަލަކަށް!

ހުޅުމާލޭ ޖަލުގެ ތިން ޔުނިޓެއް ރިމާންޑު ޖަލެއްގެ ގޮތުގައި ބޭނުންކުރުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މިގޮތަށް ކަނޑައަޅާފައިވަނީ ހުޅުމާލެ ޖަލުގެ ޔުނިޓް 6 ގެ ސެލް 1 އަދި ސެލް 2 އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުން ހިންގާ މި ޔުނިޓުތަކަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން، ޝަރީއަތް ނިމި ހުކުމް ނުކުރާ މީހުން ބަންދުގައި ބޭތިއްބުމަށް ހާއްސަކުރެވޭ ތަންތަނެވެ.

އެކިއެކި ކުށްތައް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ މީހުން ބައިތިއްބާ އައްސޭރި ޖަލާ ހިލާފަށް، މި ރިމާންޑް ޖަލު ހާއްސަވާނީ ހަމައެކަނި ޝަރީއަތް ހިނގަމުންދާ ފަރާތްތަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު