Monday, November 9
މާވަށް ބިން ހިއްކުމުގެ ބޮޑު ބައެއް ނިމިއްޖެ!
ލ. މާވަށް ބިން ހިއްކުމުގެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މަޝްރޫއުގެ ސަބްކޮންޓްރެކްޓަރު އެމްޓީސީސީން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފަޅު ކޮނުމާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތްތަކެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމާއި، ރަށުގެ ފަޅުން 15 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން ހިމެނެއެވެ. ބޮޑުމިނުގައި 40.6 ހެކްޓަރު ހުންނަ މާވަށަކީ 2،200 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. މަސްވެރިކަމަށް ބަރޯސާވެގެން އާމްދަނީ ހޯދާ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމެވެ. އެގޮތުން ރަށުން ބިން ހުސްވެ، ގޯތި ނުދެވޭތާ 20 އަހަރު ވެފައިވާ ކަމަށް ރަށުން މައުލޫމާތުލިބެއެވެ. މާވަށް ބިން ހިއްކުމުގެ މަޝްރޫއު ނިމުމުން، ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައްޔިތުން އުންމީދު ކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު