އާދިއްތަ, November 8
މެޑަމް ސާޖިދާ، ވޯލްޑް ނޯ ޓޮބޭކޯ ޑޭ ފާހަގަކުރުމަށް މުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް (ވޯލްޑް ނޯ ޓޮބޭކޯ ޑޭ) ފާހަގަކުރުމުގެ ގޮތުން މ. މުލަކުގައި ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މެޑަމް ސާޖިދާ މިއަދު މުލަކަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ދުންފަތާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ކެމްޕޭނުގެ ރަސްމީ ލޯގޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ. މި ކެމްޕޭނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމަށް ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތައް އިސްދައުރެއް އަދާކުރަން އެކަމަނާ ވަނީ ގޮވާލައްވައިފައެވެ. އަދި ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނެންގެވުމަށްވެސް އެކަމަނާ ވަނީ ގޮވާލައްވައިފައެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އަރިހުގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ އަދި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު