މ. މުލަކުގައި ޤާއިމްކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރުސީ) ހުޅުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުލަކު އެފްއާރުސީ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މ. މުލަކު އެފްއާރުސީއަކީ 2008 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ތަރައްޤީކުރުމުގެ މަސައްކަތް ފެށިނަމަވެސް ކުރިއަށްނުގޮސް ހުއްޓިފައި އޮތް މަޝްރޫޢެއް ކަމަށެވެ.
އަދި އެރަށުގެ ޒުވާނުންގެ އެދުމުގެ މަތިން އަހަރެއްހާ ދުވަސްތެރޭގައި ޒަމާނީ ފެންވަރަށް މި އެފްއާރުސީގެ މަސައްކަތް ނިންމައި މިއަދު ހުޅުވާފައިވަނީ ފުރިހަމަ ވަސީލަތްތަކާއެކު ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މުލަކު އެފްއާރުސީ އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.




