Saturday, October 31
ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ބިނާކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ގާއިމުކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޢާޛު ޙަލީމެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ޙަސަން ރިފާޢީ ބުޝްރީއެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ މި ހިނގާ ރިޔާސީ ދައުރުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ގއ. އަތޮޅުގައި ގާއިމުކުރެވޭ ފަޔަރ ސްޓޭޝަނެކެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާ ގޮތަށެވެ.

މި ފަޔަރ ސްޓޭޝަން ގާއިމުވެ ނިމުމުން، އެ ސަރަހައްދުގައި ދިމާވާ އަލިފާނުގެ އެކި ހާދިސާތަކަށް މިހާރަށް ވުރެ މާ އަވަސް މިނެއްގައި އިޖާބަދީ، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމްއެންޑީއެފުން ގަބޫލުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު