Saturday, October 31
ލ. ގަމު ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދަނީ

ލ. ގަމު ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

ބަނދަރުގެ މަސައްކަތްތަކާ ބެހޭގޮތުން އެމްޓީސީސީން ބުނީ، މިވަގުތު ކުރިއަށްދަނީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތާއި ޕްރިފައިލިންގްގެ މަރުހަލާ ކަމަށެވެ.

ލ. ގަން ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޮޓޯ: އެމްޓީސީސީ

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތެވެ. މީގެ އިތުރުން، ބަނދަރުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަަކޮށްދިނުމުގެ ގޮތުން 2،501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ބިނާކުރުމުގެ އިތުރުން ބަނދަރު ސަރަހައްދު ދިއްލުމަށް މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

ސަރުކާރުން ލ. ގަމު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ޖުމްލަ 33.4 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު