މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ އެމެރިކާ އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އެޑްވައިޒަރ މިސްޓަރ މިހްޔާރ އޯ. އަލްނިފައިދީ އާއި ޔޫއެންއޯޑީސީން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އޮފީހުގެ ހެޑް މިސްޓަރ އެންރީކޯ ބޮނިންސެގްނާއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން މި ސާމާނުތަކާ ހަވާލުވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އިބްރާހީމް މަފާޒް ކަމަށް ކަސްޓަމްސްގެ އިދާރާއިން ހާމަކުރެއެވެ.
މިއަހަރުގެ ޝިއާރު ކަމަށްވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިހުންނަ މައްސަލަތަކާއި، އާ ގޮންޖެހުންތަކާއި، އީޖާދީ ހައްލުތައް" މި ޝިއާރުގެ ދަށުން ބޭއްވުނު މި ރަސްމިއްޔާތުގައި، ބޯޑަރުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ގާނޫނާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ ކަސްޓަމްސްގެ ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަމާއި މުއައްސަސާގެ ފެންވަރު މަތިކުރުމަށް ޔޫއެންއޯޑީސީން މެދުކެނޑުމެއްނެތި ދެމުންދާ އެހީތެރިކަމަށްޓަކައި އެ ފަރާތަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައެވެ.






