Wednesday, October 21
މެއިންޓެނަންސަށް ބީއެމްއެލްގެ ކާޑު ޚިދުމަތްތަކަށް މިރޭ ދަންވަރު ބުރޫއަރާފާނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ މެއިންޓެނަންސް މަސައްކަތެއްގެ ސަބަބުން، މިރޭ ދަންވަރުގެ ވަގުތެއްގައި އެ ބޭންކުގެ ކާޑުގެ ޚިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާ ޝެޑިއުލްޑް މެއިންޓެނަންސްގެ މަސައްކަތް ކުރިއަށްދާނީ މިރޭ މެންދަމު 1:30 އިން 2:00 އަށް ކަމަށެވެ. މި ވަގުތުގެ ތެރޭގައި ގާތްގަނޑަކަށް 30 މިނެޓަށް ބޭންކުގެ ކާޑުގެ ޚިދުމަތްތައް މެދުކެނޑިގެންދާނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. މީގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް ކާޑުން ކުރާ މުއާމަލާތްތަކާއި، ޕީއޯއެސް މެޝިން އަދި އޮންލައިން ޕޭމަންޓްތައް ހިމެނެއެވެ. މި މެއިންޓެނަންސް މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބީއެމްއެލް އިން ވަނީ މައާފަށް އެދިފައެވެ. އަދި ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރާ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުން ބަހައްޓަވާ ކެތްތެރިކަމަށް އެ ބޭންކުން ޝުކުރު އަދާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު