އާދިއްތަ, November 8
އިންވެންޓްރީ ކައުންޓް ކުރުމަށް އެސްޓީއޯ ފާމަސީތައް މިއަދުން ފެށިގެން ތިން ދުވަހަށް ބަންދު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ފާމަސީތައް މިއަދުން ފެށިގެން ތިން ދުވަހަށް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން ހިންގަމުން އައި ފާމަސީތައް ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މި ޖޫން މަހުގެ 24، 25 އަދި 26 ވަނަ ދުވަހު ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިއުމަށް ފާމަސީތައް ބަންދުވާނެ ކަމަށެވެ.

ނަމަވެސް ކުއްލި ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ މި މަސައްކަތް ނިމުމުން މި ފާމަސީތަކުގެ ޚިދުމަތް ދެން ދެމުން ގެންދާނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު