Saturday, October 31
ކުޑަކުއްޖަކު މަރާލި މައްސަލައިގައި ކުއްޖާގެ މާމަ ތިން އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

2019 ވަނަ އަހަރު މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ކައިވެނީގެ ބޭރުން ބަލިވެއިނދެ ވިހޭ ތުއްތު ދަރިފުޅު މަރާލި މައްސަލާގައި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވައިފިއެވެ.

މި މައްސަލާގައި ހުކުމް އިއްވާފައިވަނީ އދ. މާމިގިލީ ގްރީންލައިޓް، ޢާއިޝަތު ޝާއިރާ (ވިހޭ ކުއްޖާގެ މާމަ) އާއި، އޭނާގެ ލޯބިވެރިޔާ ތ. މަޑިފުށީ ސޯސަންވިލާ، މުޙައްމަދު އިމްތިޔާޒުގެ އިތުރުން ހއ. ފިއްލަދޫ ޝެޑޯ، މޫސާ އަހްސަމްގެ މައްޗަށެވެ.

މި ހާދިސާއާ ގުޅިގެން ދައުލަތުން އުފުލި ދައުވާތަކަށް ބަލާއިރު، މޫސާ އަހްސަމްގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އައިޝަތު ޝާއިރާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ދައުވާ އުފުލިއެވެ. މުހައްމަދު އިމްތިޔާޒުގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އިއްވި ހުކުމްތަކުގެ ތަފްސީލް:

  • ޢާއިޝަތު ޝާއިރާ: މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގައި 2 އަހަރާއި 6 މަސް، އަދި ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ ރިޕޯޓު ނުކުރުމުގެ ކުށުގައި 6 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖުމްލަ 3 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް ވަނީ އިއްވާފައެވެ.
  • މޫސާ އަހްސަމް: ކުއްޖާ މަރާލި މައްސަލާގައި 5 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހެނީ 3 އަހަރާއި 7 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށް ވެސް އޭނާއަށް ވަނީ ހުކުމްކޮށްފައެވެ.
  • މުހައްމަދު އިމްތިޔާޒު: މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގައި 2 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން، ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު