އާދިއްތަ, November 8
ފުރުޤާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައިފި

މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރޭ 4:10 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު