Saturday, November 14
މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް ރިޕޯޓްކޮށްފި

ހެލްތް މިނިސްޓްރީއިން އާންމުކުރި މިދިޔަ މަހުގެ ރިޕޯޓުތަކަށް ބަލާއިރު، ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 25 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނަށް ކުރި ޖިންސީ ގޯނާގެ މައްސަލަތަކެވެ.

ދެން އެންމެ ގިނައިން ހުށަހެޅުނީ ކުދިންނަށް އަޅާނުލުމުގެ 18 މައްސަލައަކާއި، ކުދިންގެ އަހުލާގާ ގުޅުންހުރި 44 މައްސަލައެކެވެ. އަހުލާގީ މައްސަލަތަކުގެ ތެރެއިން 8 މައްސަލައަކީ ސްކޫލަށް ދާން އިންކާރުކުރުމުގެ މައްސަލަތަކެވެ. މީގެ އިތުރުން، ކުދިންނަށް ނަފުސާނީ އަނިޔާކުރުމުގެ 12 މައްސަލައެއް، ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް، ބުލީކުރުމުގެ 7 މައްސަލައެއް އަދި ސައިބާ ބުލީގެ 4 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ މަހުގެ ތެރޭގައި މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހެލްޕްލައިން "1412" އަށް 1,379 ކޯލް އަދި "1421" އަށް 626 ކޯލް ލިބިފައިވެއެވެ. އަދި މިނިސްޓްރީގެ ބެލުމުގެ ދަށުން 161 ކައުންސެލިން ސެޝަން ކުރިއަށް ގެންގޮސް، 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް ފޯރުކޮށްދީފައިވާކަން ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު