އާދިއްތަ, November 8
މ. އަތޮޅުގެ ހަތް ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ ހަތް ރަށެއްގައި ދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޢަފީފް ޙުސައިނެވެ. އަދި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑރ. ޢަލީ އަޒްވަރެވެ. މި އެއްބަސްވުމުގެ ދަށުން ފެނަކައިން ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކެވެ. ފެނަކައިން ވަނީ މިދިޔަ އެޕްރީލް މަހުވެސް އެ ކުންފުނިން ތިން އަތޮޅަކަށް ދެމުން ދިޔަ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު