އާދިއްތަ, November 8
މެޑަމް ސާޖިދާ، މިއާންޒް ކޮލެޖުގެ 20 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޖަލްސާގައި މެޑަމް ސާޖިދާ ވަނީ މިއާންޒް ކޮލެޖުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

2006 ވަނަ އަހަރު އެންމެ 19 ދަރިވަރުންނާއެކު މަސައްކަތް ފެށި މިއާންޒް ކޮލެޖަކީ މިއަދު ރާއްޖޭގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް ކޮލެޖެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ކޮލެޖުން ވަނީ ތަޢުލީމީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ދަރިވަރުންގެ އަދަދު އިތުރުވެ، ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމުގެ ގިނަ ޕްރޮގްރާމްތަކެއް އެ ކޮލެޖުން މިހާރު ދަނީ ހިންގަމުންނެވެ.

މި ރަސްމިއްޔާތުގައި ކޮލެޖުގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު