އާދިއްތަ, November 8
ދިފާޢީ ދާއިރާއިން ބަންގްލަދޭޝާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑރ. ނަޒްމުލް އިސްލާމް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ.

އަދި ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ބަންގްލަދޭޝް ސަރުކާރަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޝުކުރު އަދާކުރެއްވި ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު