ޕޯޗުގަލްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޕައުލޯ ރަންހެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ޕޯޗުގަލް ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އެކަމަނާގެ އަމިއްލަ ނަމުގައި، ވަޒީރު ޕއުލް ރަންހެލް އަށާއި ޕޯޗުގަލް ގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
އަދި ދިވެހިރާއްޖެ އާއި ޕޯޗުގަލް އާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަޤީންކަންވެސް އެކަމަނާ ވަނީ އަރުވައިފައެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.




